ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގައުމުގެ އިގުތިސޯދީ ހާލަތާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައެއް ޒުވާނުންނާ ރޭ ބައްދަލުކޮށްފި އެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގައުމުގެ މިވަގުތުގެ އިގުތިސޯދީ އަދި އިޖުތިމާއީ ހާލަތާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
ބައްދަލުވުމަށްފަހު ޝާހިދު ވިދާޅުވީ ގައުމެއް ކުރިއަރައިދާނީ ޒުވާނުންގެ އަަޑު އަހައިގެން ކަމަށެވެ.
"ހާލަތު ބަދަލު ކުރުމުގެ ވިސްނުމާއި ފިކުރާއި، ވައްޓަފާޅީގެ އިތުރުން ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކަންކަން ކުރުމުގެ ހުނަރު ޒުވާނުންގެ ހުރޭ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވި އެވެ.
އެކަން ރޭގެ މަޝްވަރާއިން ވެސް އެކަން އެނގިގެން ދިޔަ ކަމަށް ޝާހިދު ވިދާޅުވެފައިވެ އެވެ.




