"މައި ކެރިއާ ޕޯޓަލް" އިފްތިތާހުކޮށްފި

ރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ކެރިއާ ސާވިސް (އެންސީއެސް) އިން ތަރައްގީ ކުރި "މައި ކެރިއާ ޕޯޓަލް" އިފްތިތާހުކޮށްފި އެވެ.

މި ޕޯޓަލް އިފްތިތާހުކޮށް ދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނެވެ.

އެންސީއެސް އިން ބުނި ގޮތުގައި މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއާ ޑިވެލޮޕްމަންޓްގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯޓަލަކެވެ.

މި މަސައްކަތަށް ފަންޑްކޮށްފައި ވަނީ ވޯލްޑްބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" ޕުރޮޖެކްޓުންނެވެ.

މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއާ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުން ކަމަށް އެންސީއެސް އިން ވަނީ ބުނެފަ އެވެ.

ޕޯޓަލްގައި ކެރިއާ ގައިޑަންސް އާއި ކެރިއަރ ޕާތުވޭ ޑިޒައިނާ އާއި މައިލްސްޓޯން ޓްރެކާ ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *