ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ހެއްޔެވެ؟
މިއީ މިހާރު ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ.
ސިޔާސީ ގޮތުން ހަރުކުލައިގެ ގިނަ މީހުން ބުނަނީ ރައީސް ޔަމީންގެ ނަން ރިޔާސީ އިންތިހާބުގެ ކަރުދާހުގައި ނޯންނާނެ ކަމަށެވެ.
އެހެން ބުނާ ފަރާތްތަކުން އެކަމަށް ބާރު ދެނީ ރައީސް ޔާމީނާއި ދެކޮޅަށް މިހާރު ޝަރީއަތުގައިދާ މައްސަލައަށް އިޝާރާތް ކުރައްވަ އެވެ.
އެފަރާތްތަކުން ބުނަނީ ރައީސް ޔާމީނާއި ދެކޮޅަށް ހުރި ސީރިޔަސް ތުހުމަތުތައް، ހާއްސަކޮށް އެމްއެމްޕީއާރްސީ އާއި ގުޅުން ހުރި މައްސަލަތައް ހަރުދަނާ ގޮތެއްގައި ބެލިއްޖެނަމަ ރައީސް ޔާމީނުގެ މައްޗަށް މައްސަލަތައް ސާބިތުވުން ކައިރި ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަނާއި ފަސާދައިގެ ގިނަ ތުހުމަތުތަކެއް ހުރި ނަމަވެސް އެއިން އެއްވެސް މައްސަލައެއް ތަހުގީގު ކުރެވި ޝަރިއަތާއި ހަމައަށް ދާ ތަނެއްނުފެނެ އެވެ.
އެހެން ކަމުން ރައީސް ޔާމީން އަބަދުވެސް އެބޭފުޅާގެ މައުސޫމްކަން ދިފާއު ކުރައްވާ ވާހަކަ ދައްކަވަ އެވެ. ރައީސް ޔަމީން ވިދާޅުވާ ގޮތުން އެބޭފުޅާއަކީ މައުސޫމް ބޭފުޅެކެވެ.
އެބޭފުޅާއާއި ދެކޮޅަށް މިހާރު ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދުވަސްވަރު ސިޔާސީ ގޮތުން އުފުލާފައިވާ މައްސަލައެއް ކަމަށް އެބޭފުޅާ ގަބޫލުކުރައްވަ އެވެ.
އަދި މިހާރު އެމަނިކުފާނާ ދެކޮޅަށް ކުރިޔަށްދާ މައްސަލައަށް، ސަރުކާރުން ނުފޫޒް ނުފޯރުވާ ނަމަ އެ މަނިކުފާނުގެ މައުސޫމްކަން ޝަރީއަތުގައި ސާބިތު ކޮއްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.
އެކަމަކު ރައީސް ޔާމީން އެވިދާޅުވާ ގޮތަށް ޝަރީއަތުގައި މަޖިލިހުގައި އަދުލުވެރި ފަނޑިޔާރުންގެ ކުރިމަތިފުޅުގައި އެމަނިކުފާނުގެ މައުސޫމްކަން ސާބިތުނުކޮށް ދެވިއްޖެނަމަ އެމަނިކުފާނުގެ މައްޗަށް ޖިނާއީ ހުކުމެއް އަންނާނެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ހުކުމެއް އައިއްސި ހާލަތެއްގައި 2028 ގައި އޮންނަ ރިޔާސީ ރޭހުން އެމަނިކުފާނު ބާކީވީ އެވެ. އަދި އެ ހާލަތް މެދުވެރިވެއްޖެނަމަ ރައީސް ޔާމީންގެ ނަމެއް ރިޔާސީ ވޯޓު ކަރުދާސް ކޮޅުގައެއް ނޯންނާނެ އެވެ.




