ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް، ތަރުމަން ޝަންމުގަރަތުނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގް އަދި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ސިންގަޕޫރުގެ ބަދަހި ގުޅުމަކީ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

މި ގުޅުމަކީ ސަރަހައްދުގެ ސުލްހަވެރިކަމާއި ކުރިއެރުމަށް އުއްމީދުކުރާ އެކުވެރި ގުޅުމެއް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ ޕޯސްޓްގައި ވަނީ ސިންގަޕޫރުގެ ރައްޔިތުންނަށް ތަރައްގީއާއި، އެއްބައިވަންތަކަމާއި، ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

ސިންގަޕޫރުގެ ގައުމީ ދުވަސް ފާހަގަކުރަނީ، އެ ގައުމު މެލޭޝިއާއިން ވަކިވެ މިނިވަން ގައުމަކަށްވި ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *