މަސްތުވާތަކެއްޗާއެކު ޒުވާން އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކު ޒުވާން އަންހެނަކު މާލެއިން ހައްޔަރުކޮށްފި އެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރުކުރީ ތ. ހިރިލަންދޫ ކަޝްމީރު، އާއިޝަތު ޝުވައިދާ (26 އ) އެވެ.

ޝުވައިދާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި ޝުވައިދާގެ އަތުން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 10 ރަބަރު ކޮތަޅު ފެނިފައިވާއިރު އޭނަގެ ކުޑަކަމުދާތަކެތި އޯޕީއައި އާއި ބެންޒޯއަށް ޕޮޒިޓިވް ވެފައިވެ އެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ އަތުން ފެނުނު މަސްތުވާތަކެއްޗަކީ ބޯން ގެންގުޅޭ ތަކެތި ކަމަށްވާތީ ފަރުވާއަށް ދާން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *