ބޯފެނުން މައިކްރޯ ޕްލާސްޓިކް ނައްތާލާނެ ގޮތް 3 ޒުވާނަކު ހޯދައިފި

ކަރަންޓް ނުވަތަ އަގުބޮޑު އިންފުރާސްޓްރަކްޗާއެއް ނެތި ބޯފެނުން މައިކްރޯ ޕްލާސްޓިކް ނައްތާލުމަށް އެހީތެރިވެދޭ ގޮތެއްް ހުނަރުވެރި 3 ޒުވާނަކު ހޯދައިފި އެވެ.

ސާފު ބޯފެން ލިބުމުގެ ދަތިތަކާހުރެ، އުމުރުން އެންމެ 16 އަހަރުގެ ވިވާން، އަރިއާނާ، އަދި އަވްޔާނާ ވަނީ މައިކްރޯ ޕްލާސްޓިކް ކޮންޓަމިނޭޝަން ހައްލު ކުރާނެ ގޮތްތަކެއް ހޯދާފަ އެވެ.

މައިކްރޯޕްލާސްޓިކްއަކީ ކުދިކަމުން ހަމަ ލޮލަށް ނުފެންނަ މާއްދާއެކެވެ.

މިކަމަށް ހައްލެއް ހޯދުމަށް މި ކުދިން ވަނީ ޓާމަރިންޑް ސީޑް ބޭނުންކޮށްގެން ޕައުޑަރެއް އުފައްދާފަ އެވެ. މި ޕައުޑަރު ފެނަށް އެޅުމަށްފަހު 15 ވަރަކަށް މިނެޓު ބެހެއްޓުމުން ފެނުގައި ހުރި ކުދި ޕްލާސްޓިކް ބޮޑުކޮށް ފެނެ އެވެ. މީގެ ސަބަބުން މިތަކެތި ފިލްޓާކުރުމަށް ފަސޭހަވެގެންދެ އެވެ.

ޖެނީވާގައި ބޭއްވި ބައިނަލް އަގުވާމީ ތިމާވެށީގެ މުބާރާތް "ދަ އާރތް ޕްރައިޒް 2026″ ގައި މިތިން ކުދިން ވަނީ ފުރާވަރު ކެޓަގަރީން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ އިންޑިއާގެ ޓީމްގެ ޝަރަފު ހޯދާފަ އެވެ.

މިކުދިން ފާހަގަކުރެވެނީ ކޮމްޕްލިކޭޓް ފިލްޓްރޭޝަން ސިސްޓަމްތަކަށް ނުވަތަ ގިނަ އަދަދެއްގެ އިންފުރާސްޓްރަކްޗާއަށް ބަރޯސާ ނުވެ ކުޑަ ހަރަދަކުން ސާފު ބޯފެން ލިބޭނެ ގޮތެއް އުފަން ކުރުވި ހުނަރުވެރި ޓީމެއްގެ ގޮތުގައެވެ.

މި މަސައްކަތަކީ އިންޑިއާގެ އަވަށްތަކުގައި ދިރިއުޅޭ އެތައް މިލިއަން މީހުން ބޯން ބޭނުންކުރާ ފެން ތާނގިތަކުން މައިކްރޯ ޕްލަސްޓިކް ފިލްޓާ ކުރެވިގެން ސިއްހީ ގޮތުން ބޯން އެކަށީގެންވާ ފެން ލިބުމަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއަކަށެވެ. އަދި މިއީ ޒަމާނީ ފިލްޓަރޭޝަން ނިޒާމް ގާއިމްކުރުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ސާފު ބޯފެން ލިބުމަށް ހުޅުވިގެން ދިޔަ ދޮރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *