ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ނާނާ ޕަޓޭކަރު މިއަދު ހެނދުނު މަރުވެއްޖެ އެވެ.
އިންޑިއާގެ ގޯއާގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި ހުއްޓާ މިއަދު ފަތިހު ނާނާ ޕަޓޭކަރު މަރުވީ ހިތް ހުއްޓިގެންނެވެ.
އުމުރުން 75 އަހަރުގައި ޕަޓޭކަރު މަރުވިއިރު އޭނާ ވަނީ ތިން ނެޝަނަލް އެވޯޑާއި، ހަތަރު ފިލްމުފެއާ އެވޯޑްގެ އިތުރުން އެހެން ބައެއް އެވޯޑްތައްވެސް ހޯދާފަ އެވެ.
މީގެއިތުރުން އިންޑިއާ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ ޕަދުމާ ޝްރީ އެވޯޑްވެސް 2013 ވަނަ އަހަރު ޕަޓޭކަރަށް ލިބިފައިވެ އެވެ.
ބައެއް ފިލްމުތައްވެސް އުފައްދާފައިވާ ޕަޓޭކަރު ވަނީ އިންޑިއާ ސިނަމާގައި ބައިގަރުނު މަސައްކަތްކޮށްފަ އެވެ.
ޕަޓޭކަރު ބޮލީވުޑަށް ތައާރަފްވީ 1978 ވަނަ އަހަރު ރިލީޒްކުރި ގަމަން ކިޔާ ފިލްމަކުންނެވެ. އޭނާގެ އެންމެ ފަހު ފިލްމަކަށް ރިލީޒް ކުރީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނިކުން "އޯ ރޯމިއޯ" އެވެ.




