ދީޕިކާއާއި ރަންވީރަށް ދެވަނަ ކުއްޖެއް ލިބިއްޖެ

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގްއަށް ދެވަނަ ދަރިއަކު ލިބިއްޖެ އެވެ.

އެ ދެމަފިރިންނަށް ދެވަނަ ދަރިފުޅުގެ ގޮތުގައިވެސް ލިބުނީ އަންހެން ކުއްޖެކެވެ.

ދީޕިކާ އިއްޔެގެ ވަގުތެއްގައި ވިހާފައިވާކަން ދީޕިކާއާއި ރަންވީރުގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ޔަގީންކޮށްދީފައިވެ އެވެ.

ދީޕިކާ އާއި ރަންވީރު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކައިވެނިކޮށްފައިވާއިރު އެމީހުންގެ ފުރަތަމަ ދަރިފުޅު ދުއާ އުފަންވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ދީޕިކާ ދެން އެންމެ އަވަހަށް ފެންނާނީ ޝާހްރުކްއާ އެކު ކުޅެފައިވާ "ކިންގް"ގެ ރޯލަކުންނެވެ. ރަންވީރު މިވަގުތު މަސައްކަތް ކުރަނީ "ޕްރާލޭ" ކިޔާ އެކްޝަން ފިލްމެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *