ސްޓޭޓް މިނިސްޓަރު ލަތީފް މަގާމުން ވަކިކޮށްފި

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފް އަހްމަދު (އުދަރެސް ލަތީފް) މަގާމުން ވަކިކުރައްވައިފި އެވެ.

މަގާމުން ވަކިކުރައްވާފައިވާކަން ލަތީފް ވަނީ މީޑިއާއަށް ޔަގީންކޮށްދެއްވާފަ އެވެ.

ސްޓޭޓް މިނިސްޓަރުގެ މަގާމުން ލަތީފް ވަކިކުރެއްވީ ސިޔާސީ މަގާމުތައް މަދުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށްވެސް ލަތީފް ވިދާޅުވެފައިވެ އެވެ.

ފ. ނިލަންދޫއަށް އުފަން ލަތީފް މިސަރުކާރުގައި އެންމެ ފުރަތަމަ ހުންނެވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. ނަމަވެސް ޔޫތު މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީން ފަހުން އެއްކޮށްލުމާ ގުޅިގެން ލަތީފް ފަހުން ބަދަލުކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށްވެސް ލަތީފް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ލަތީފް ވަނީ ކްލެމެންސީ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *