މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކޮށްފި އެވެ.
މަސް ގަންނަ އަގަށް ބަދަލު ގެނެސްފައި މި ވަނީ މި ދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރަކަށްވުމާއެކު މަސްބާނާ ނިސްބަތް މަދުވުމުންނެވެ.
މިފްކޯއިން މިއަދު ގެނައި ބަދަލާއެކު ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 21 ރުފިޔާ އެވެ. މީގެ ކުރިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން ދިޔައީ 20 ރުފިޔާ އަށެވެ.
މިފްކޯއިން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތްކުރަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެންމެ މަތިކުރުމަށެވެ.




