ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު އަގުތައް ދަށަށް

ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް މިއަހަރުގެ ޖޫން މަހާއި އަޅާބަލާއިރު ޖުލައި މަހު ދަށަށް ގޮސްފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި ޖޫން މަހާއި އަޅާބަލާއިރު ޖުލައި މަހު އަގުތައް ހުރީ 0.24- ޕަސެންޓްގަ އެވެ

ކަނޑުމަހުގެ އަގަށް އައި ބަދަލު ނުހިމަނައި މި އަދަދު ހުރީ 0.29- ޕަސެންޓްގަ އެވެ.

ސީޕީއައި ރިޕޯޓަށް ބަލާއިރު އަގުތައް އެންމެ ބޮޑަށް ދަށަށް ދިޔައީ ތަރުކާރީ އާއި ދުންފަތުގެ ބާވަތްތަކުންނެވެ.

ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު އަގުތައް ދަށަށް ދިޔަ ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު އަގުތައް ވަނީ 2.31 ޕަސެންޓް އުފުލިފަ އެވެ.

އަގުތައް ދަށަށް ދިޔަ ބާވަތްތައް

  • ތަރުކާރީ: 9.52- ޕަސެންޓް
  • ދުންފަތް: 4.53- ޕަސެންޓް
  • ތެލާއި ލުބްރިކަންޓް: 0.75- ޕަސެންޓް
  • އަންނައުނު: 0.27- ޕަސެންޓް

އަގުތައް އުފުލުނު މުދަލާއި ހިދުމަތްތަކުގެ ތެރޭގައި ކަރަންޓާއި ކަނޑުމަހާއި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ހިމެނެ އެވެ.

ކަރަންޓުގެ އަގު 1.82 ޕަސެންޓް އުފުލުނުއިރު ވައިގެ ދަތުރުފަތުރުގެ އަގު 2.19 ޕަސެންޓް އަދި ކަނޑުމަހުގެ އަގު 0.64 ޕަސެންޓް އުފުލިފައިވެ އެވެ.

މީގެ އިތުރުން ކިރާއި ޑެއިރީ އުފެއްދުން އަދި ބިހުގެ އަގު 1.82 ޕަސެންޓް އުފުލުނުއިރު މޭވާގެ އަގު 0.32 ޕަސެންޓް އުފުލުނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *