ބޭރު ފައިސާ މާރުކުރަންޖެހޭ ސުންގަޑި އަވަސްކޮށްފި

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާ މާރުކުރުމުގެ ސުންގަޑި އަވަސްކޮށްފި އެވެ.

މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި މި ބަދަލާއެކު މީލާދީ މަހެއް ނިމި، އެ މަހަށްފަހު ހިނގާ ފުރަތަމަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭރު ފައިސާ މާރުކުރަން ޖެހޭނެ އެވެ.

އެހެންކަމުން ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުގެ ކުރިން މާރުކުރަން ޖެހޭނެ އެވެ.

މީގެ ކުރިން އޮތް ގޮތުން ބޭރު ފައިސާ މާރުކުރަން ޖެހެނީ މީލާދީ މަހެއް ނިމި، އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ. ކުރިން އޮތް ގޮތުން ސެޕްޓެމްބަރު މަހު ލިބޭ އާމްދަނީ މާރުކުރަން ޖެހެނީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ކުރިންނެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު ރިސޯޓުތަކަށް މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ގާއިމްކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *