ޔުނިކޯޑް ސްޓޭންޑަޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި

ދަ ޔުނިކޯޑް ސްޓޭންޑަޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި އެވެ.

ޔުނިކޯޑް ސްޓޭންޑަޑްގެ ވާޝަން UNICODE 18.0 ގައި އިއްޔެ ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު ދިވެހި ރުފިޔާގެ ނިޝާނަށް ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.

އެމްއެމްއޭ އިން 2022 ވަނަ އަހަރު ތައާރަފުކޮށްފައިވާ ދިވެހި ރުފިޔާގެ ނިޝާން މި ސްޓޭންޑަޑްގައި ހިމެނިގެން ދިއުމުން، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތައް އަދި އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރެވޭނެއެވެ.

އެމްއެމްއޭ އިން ބުނީ މިއީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގައި ހާސިލްވި މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

ޔުނިކޯޑް ސްޓޭންޑަޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް މަސައްކަތްކޮށްދިން އެންމެހައި ފަރާތްތަކަށް އެމްއެމްއޭ އިން ވަނީ ޝުކުރުވެސް އަދާކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *