މާލޭގައި ހިންގި މާރާމާރީއެއް މީހަކު ޒަހަމްކޮށްލައިފި އެވެ.
ގަލޮޅު، ހުވަފެނީގޯޅީގައި މާރާމާރީ ހިންގާފައިވަނީ ރޭ މެންދަމު 2:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗްގައި އެމީހާއަށް ފަރުވާދެމުންދާ ކަމަށެވެ.
އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ހޯދުމަށް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.




