މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ހަރަކާތެއް އައްޑޫގައި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ހަރަކާތެއް އައްޑޫ ސިޓީގެ ބައެއް ރަށްތަކުގައި ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.

އައްޑޫ ސިޓީގެ ގަމުގައި ހަރަކާތްތެރިވާ ފުލުހުން އިއްޔެގެ ވަގުތެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމަކީ އެކްސިޑެންޓްތައް މަދުކުރުމަށާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވައި އަދި މަގުތަކުގެ އަމާންކަން ކަށަވަރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގައި ޓްރެފިކް ގަވާއިދުތަކާ ގުޅޭ މުހިއްމު މައުލޫމާތު ހިއްސާކޮށް، ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އާމުންނަށް ނަސޭހަތްތެރިވި އެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ސަމާލުކަން ދިނުމުގެ ވަރަށް މުހިއްމު ކަމެއްކަން ހަނދާންކޮށްދީފައިވެ އެވެ.

ފުލުހުން ބުނީ މަގުމަތީގެ އަމާންކަން ގާއިމުކޮށް އެކްސިޑެންޓްތައް މަދުކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް ކަމަށް ދެކެން ޖެހޭ ކަމަށެވެ.

މާލެ ސިޓީއަށްފަހު އައްޑޫ ސިޓީ އަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާ ސިޓީ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *