ނަފްސާނީ ބަލީގެ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި އަޅަން ނިންމާފައިވާ ނަފްސާނީ ބަލީގެ ހާއްސަ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ނަފްސާނީ ބަލީގެ ފަރުވާއަށް ހާއްސަކޮށް އިމާރާތް ކުރަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލައިފަ އެވެ. މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެ ގަވާއިދުގެ އިސްލާހުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

މި މަޝްރޫއަށް ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އެވެ. މި މަޝްރޫއުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 864،000 ރުފިޔާ ހުށަހަޅަންޖެހެ އެވެ.

ހެލްތު މިނިސްޓަރު ގީލާ އަލީ މީގެ ކުރިން ވިދާޅުވި ގޮތުގައި މި ހޮސްޕިޓާ އެޅުމަށް ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *