ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ ހުއްދަ ސްލޮވީނިއާ ކުންފުންޏަކަށް

ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ ހުއްދަ ސްލޮވީނިއާގެ ކުންފުންޏަކަށް ދީފި އެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ)ގެ ހުއްދަ މިމަހުގެ 20 ވަނަ ދުވަހު ދީފައިވަނީ ސްލޮވީނިއާގެ އޭވިއޭޝަން ކެރިއާ ސެންޓަރު (އޭސީސީ) އަށެވެ.

އެމްސީއޭއޭގެ ހުއްދަ ލިބުމާ ގުޅިގެން ސިވިލް އެމްސީއޭއޭ އިން ފާސްކޮށްފައިވާ ޕައިލެޓް ތަމްރީން ޕްރޮގްރާމްތައް އޭސީސީއަށް ކުރިއަށް ގެންދެވޭނެ އެވެ.

އޭސީސީން ބުނީ އެ ސެންޓަރުގެ ހިދުމަތްތައް ބައިނަލްއަގްވާާމީ ގޮތުން ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ވަގުތެއްގައި އެމްސީއޭއޭގެ ހުއްދަައަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެމްސީއޭއޭ އިން ވަނީ ސްލޮވީނިއާގެ މާރިބޯގައި ހުންނަ އޭސީސީގެ ފްލައިޓް ސިމިއުލޭޝަން ޓްރެއިނިން ޑިވައިސްއަށް ސިވިލް އޭވިއޭޝަނުން ކޮލިފިކޭޝަން ސެޓްފިކެޓްވެސް ދޫކޮށްފައިވެ އެވެ.

ސިމިއުލޭޓަރު ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ އެމްސީއޭއޭ އިން ފާސްކޮށްފައިވާ ކޯސްތަކުގެ ތެރެއިން އެ ޑިވައިސް ބޭނުންކުރަން ޖެހޭ ތަމްރީންތަކަށް އެކަންޏެވެ.

އެމްސީއޭއޭ އިން ދޫކުރި ހުއްދައާ ގުޅިގެން ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ އޮނިގަނޑުގެ ތެރެއިން ޕައިލެޓްކަން ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ސްލޮވީނިއާގައި ތަމްރީން ހެދޭނެ އެވެ.

ޒެނިތު އޭވިއޭޝަން އެކަޑެމީއާ ގުޅިގެން އައްޑޫ ސިޓީގެ ގަމުގައި ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ހިނގަމުންދެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *