ސަންލޭންޑް ނަޒީރުގެ އާއިލާއަށް ރައީސް ތައުޒިއާ ދަންނަވައިފި

ރޭ އަވަހާރަވި ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ އެއް ހިއްސާދާރު މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު)ގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ނަޒީރަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ހިދުމަތްތަކެއް ގައުމަށް ކުރައްވާފައިވާ ބޭފުޅެެއް ކަމަށެވެ.

އަދި ނަޒީރު އަވަހާރަވުމުގެ ހިތާމައިގާ މަރުޙޫމްގެ އާއިލާއަށް ރައީސް މުއިއްޒު ތައުޒިޔާ ދެންނެވި އެވެ.

"މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުޙޫމް މުހައްމަދު ނަޒީރު ލަހައްޓަވާށި. އާމީން!" ރައީސް ވިދާޅުވި އެވެ.

"އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް، އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކުރައްވާފައިވާ، މުޙައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވަހާރަވުމުގެ ހިތާމައިގާ މަރުޙޫމްގެ ޢާއިލާއަށް ތައުޒިޔާ ދަންނަވަން." ރައީސް ގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ނަޒީރު އަވަހާރަވީ އާލާސްކަންފުޅަކަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ. ސަންލޭންޑު ޓްރެވެލްސްގެ ވެސް އެއް ޑިރެކްޓަރު ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *