އާންމު އުނދަގުލަކަށްވެގެން ކަމަށް ބުނެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
މާލެއިން ހައްޔަރުކުރި އެ މީހާއަކީ ރ. އިންނަމާދޫއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އަންހެނެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.
އާންމުންނަށް އުނދަގޫވާ ގޮތަށް އޭނާ ކުރި އެއްވެސް ކަމެއް ބަންދު އަމުރުގައި ބަޔާންކޮށްފައެއް ނުވެ އެވެ.




