ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ޗުއްޓީއަށްފަހު ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ފުރަތަމަ ޓާމުގެ ކިޔެވުމަށްފަހު ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 16ވަނަ ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު 17 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ އެވެ.
މި ދިރާސީ އަހަރު ސަރުކާރުގެ 218އެއްހާ ސްކޫލުގައި 77،00 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ.




