ޓެރަރިޒަމާ ގުޅުންހުރި މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ފޮޓޯއާއި ވަނަވަރު އާންމުކޮށް، ހޯދަން އިއުލާންކޮށްފައިވަނީ ށ. ކޮމަންޑޫ، ހިޔަލީގެ، އިބްރާހީމް އަޒުހަދު (36އ) އެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ކަމަށެވެ.
އަޒުހަދު ދިރިއުޅޭ ތަނެއް އެނގިފައި ނުވާތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުުކުރަން ބޭނުންވާތީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް އަޒުހަދު ހާޒިރުވުމަށް އާންމުކޮށް އަންގާފަ އެވެ.




