ރިޔާސީ ކޮމިޝަނުން ތަންތަނަށް ޒިއާރަތްކޮށް މައުލޫމާތު ނަގަންފަށައިފި

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުޜާޅު މައްޗަށް ވެއްޓިފައި އޮތް ހައްވާ ޔުމްނު ރަޝީދުގެ ހާދިސާ ތަހުގީގުކުރަމުންދާ ރިޔާސީ ކޮމިޝަނުން ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތުތައް އެއްކުރަން ފަށައިފި އެވެ.

އެ ކޮމިޝަނުން މިއަދު އެކްސްގައި ބުނީ އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުޮށް ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށް މައްސަލައާ ގުޅުންހުރި ފަރާތްތަކުން މަޢުލޫމާތު ސާފުކުރަން މެމްބަރުން ފަށައިފައިވާ ކަމަށެވެ.

ޔުމްނުގެ މައްސަލައިގައި ކަން ހިނގިގޮތް އަދިވެސް ސާފުނުވާއިރު ޔުމްނު ހޭއަރައި މިހާރު ވަނީ ކޮންމެވެސް ވަރަަކަށް ވާހަކަ ދައްކަން ފަށައިފަ އެވެ. އަދި އޭނާ ވެއްޓުނީ ނޫން ކަމަށާއި އެ ހާދިސާ ހިނގިއިރު ހަތަރު މީހަކު އެތަނުގައި ތިބިކަމަށް ބުނާ ކަަމަށް އާއިލާއިން ޔުމްނާ ހަވާލާދީ ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކުރީ ރައުދު އަހުމަދު ޒިލާުލު އެކަންޏެވެ.

އެ މައްސަލަ ފުލުހުން ވެސް ބަލަމުންދާ އިރު ރިޔާސީ ކޮމިޝަނުން ބުނީ އެ މައްސަލަ ބަލަން އެހާ ގިނަ ދުވަސް ވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *