މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާހްކުރަން އިސް ވަފްދެއް

ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާހް ކުރުމުގެ ޖަލްސާއަށް ސައުދީ އަރަބިއްޔާއިން ހާއްސަ ވަފްދެއް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ވަފްދުގައި ހިމެނޭ ބޭފުޅުން މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި މި ވަފްދުގައި ސައޫދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އިމިގެންރޭޝަންގެ މަތީ ފެންވަރުގެ 42 ބޭފުޅަކު ވަޑައިގަންނަވަ އެވެ.

ވަފުދުގައި އިސްކޮށް ވަޑައިގަންވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާހިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ އެވެ.

ޖެނެރަލް ސުލައިމާން ސައުދީގައި ވަޒީރު ފެންވަރުގެ ބޭފުޅެކެވެ.

މި ޖަލްސާ އޮންނާނީ މި މަހުގެ 26 ވާ ހޯމަ ދުވަހު އެވެ. މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާހުކޮށް ދެއްވާނީ ރައީސުލްމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީ ރަސްގެފާނު ސަލްމާންގެ ހާއްސަ އިރުޝާދުގެ ދަށުން މައްކާ ރޫޓްގައި ރާއްޖެ ހިމެނީ މިކަމުގައި ގައުމުތަކަށް ކަނޑައަޅާފައި އޮންނަ ހުރިހައި ޝަރުތުތަކުން ރާއްޖެ އިސްތިސްތިސްނާކޮށް ހާއްސަކަން ދީގެން ކަމަށެވެ.

މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަންގައި ޖިއްދާގައި އެއާޕޯޓްގައި އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތައް ހޮޓަލަށް ދެވޭނެ އެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލަށެވެ. އަދި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާޕޯޓްގައި އިސްތިގުބާލް ކުރުންވެސް އޮންނާނެ އެވެ. މިއީ ޖިއްދާ އެއާޕޯޓްގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީހީ ފަސޭހަ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *