ރާއްޖޭގެ ހައްޖުވެރިންނަށް ހައްޖު މޫސުމުގައި ހާއްސަ ކްލިނިކެއް ހެދުމަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކްލިނިކް ހިންގުމަށް ބޭނުންވާ ހުއްދަ ސައުދީ ސަރުކާރުން ރަސްމީކޮށް ދީފައިވާ ކަމަށެވެ.
ދިވެހި ހާޖީންނަށް ކްލިނިކް ގާއިމުކުރަން ނިންމާފައިވަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ދިވެހި ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލް ގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖު ކޯޕަރޭޝަނުން ވަނީ ސިއްހީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ގާއިމުކޮށްފައި ކަމަށެވެ.
ބޭސްފަރުވާއާއި ހޮސްޕިޓަލް ބެޑްވެސް ކުލިނިކުގައި ހުންނާނީ ގާއިމުކޮށްފައި ކަމަށާއި މިއީ މިގޮތަށް ސައޫދީ ހޮސްޕިޓަަލަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ގާއިމުކުރެވިގެންދާ ފުރަތަމަ ފަހަރެވެ.




