ހައްޖުވެރިންގެ ފުރަތަމަ ގުރޫޕަށް ހޫނު މަރުހަބާއެއް

ރާއްޖެއިން މިއަހަރު ހައްޖަށްދާ ފުރަތަމަ ގުރޫޕް ސައުދި އަރަބިއްޔާއަށް ގޮސްފި އެވެ.

ފުރަތަމަ ގުރޫޕްގައި ހިމެނޭ 235 މީހުން ސައުދީއަށް ދިޔައީ ސަޢުދީ އެއަރލައިންސްގެ ބޯޓެއްގައި ރާއްޖެ ގަޑިން މިރޭ 9:00 ޖަހާއެހާއިރު އެވެ.

ދިވެހި ހައްޖުވެރިން ޖިއްދާއަށް ދިއުމުން އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެގޮތުން ކޮންމެ ހާޖީއަކަށް ފިނިފެންމަލަކާއި ކުޑައެއް ހަދިޔާ ކުރި އެވެ.

ހާޖީންނަށް މަރުހަބާ ކިޔުމަށް އިސްވެ ހުންނެވީ ރާއްޖެއިން ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރު އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދާ ފަހު ގުރޫޕް ސައުދި އަރަބިއްޔާއަށް ފުރާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *