ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 57 މިލިއަން ރުފިޔާގެ އެހީ

ސަރުކާރުން ނުކުޅުދޭ ފަރާތްތަކަށް ދޫކުރާ މާލީ އެހީގެ ގޮތުގައި މިދިޔަ ޖޫން މަހުގެ ތެރޭގައި 57.9 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ނުކުޅުދޭ މީހުންގެ ގޮތުގައި ދަފްތަރު ކޮށްފައިވަނީ 15،652 މީހުންނެވެ. މީގެތެރެއިން މާލީ އެހީ ފޯރުކޮށްދީފައިވަނީ 15،414 މީހުންނަށެވެ.

ނުކުޅެދޭ މީހުންގެ ގޮތުގައި ޖޫން މަހު އަލަށް ރަޖިސްޓާ ކުރެވުނު މީހުންގެ އަދަދަކީ 252 މީހުންނެވެ.

އެންސްޕާ އާއި އާސަންދަ އިން އެކި ފަރާތްތަކަށް ކުރަންޖެހޭ ހަރަދުތައް އަހަރުން އަހަރަށް އިތުރުވަމުންދާތީ ސަރުކާރުން ގެންދަނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީ ލިބޭކަން ކަށަވަރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *