އައިޖީއެމްއެޗްގެ 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް ހުޅުވައިފި

އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް މިއަދު ހުޅުވައިފި އެވެ.

މި ތަން މިއަދު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ހަތްދިހަ ފަސް އެނދުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގްގައި ޖެނެރަލް ސާޖަރީތަކާއި، ނިއުރޯ ސާޖަރީތަކާއި، ޕްލާސްޓިކް ސާޖަރީތަކާއި، އޯތޯ ސާޖަރީތަކާއި، ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލި މީހުން އެޑްމިޓްކުރާނެ އެވެ.

މި ވިންގާ އެކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެނދުގެ ޖުމުލަ އަދަދު 510 އަކަށް ވަނީ އިތުރުކުރެވިފަ އެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މާލެ ސަރަހައްދުގެ ސިއްހީ ބިނާރު ކުރިއެރުވުމުގެ ގޮތުން، ފާއިތުވެ ދިޔަ ދޮޅު އަހަރު ދުވަހު އައިޖީއެމްއެޗަށް 194 އެނދު އިތުރުކުރެވިފައިވާ ކަމަށެވެ. ސިއްހީ ދާއިރާއަށް ބޭނުންވާ 411 މުވައްޒަފުން ރެކްރޫޓް ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ކަމަށްވެސް ރައްޒާގު ވިދާޅުވި އެވެ.

މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް ހުޅުއްވައިދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އެ ވިންގް ބައްލަވާލައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *