މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅާލައިފި

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅާލައިފި އެވެ.

މާރާމާރީ ހިންގާފައިވަނީ ހުޅުމާލޭގައި ހުންނަ ކެފޭއެއް ކައިރީގައި މިރޭ 8:20 ހާއިރު އެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގި ދެ މީހުންގެ ތެރެއިން އެކެއްގެ ނޭފަތް ފަޅާލާފައިވާ ކަމަށާއި އަނެއް މީހާއަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މާރާމާރީއަށްފަހު އެ މީހުން އެ ސަރަހަައްދުގައި އުޅުނު ގޮތް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ނޭފަތް ފަޅައިގެން ދިޔަ މީހާ ހުރި ތަނުގައި ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓާ ފެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *