މާލޭގައި ހިންގި މާރާމާރީއެއްގެ ތެރެއިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މި މާރާމާރީ ހިންގާފައިވަނީ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި ރޭ 3:10 ހާއިރު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިނގީ ދިވެހިންތަކަކާ ބިދޭސީންތަކެއް މެދުގައެވެ.
އަނިޔާވީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.
އޭނާއަށް އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދީފައިވީ ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.




