ފުލުހުން ޓޯ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 560 އަށްވުރެ ގިނަ އުޅަނދު ނައްތާލައިފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 568 އުޅަނދު ވަނީ ނައްތާލާފަ އެވެ.
މީގެ ތެރޭގައި 524 ސައިކަލާއި ހަތަރު ފުރޮޅުލީ 44 ވެހިކަލް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޓޯ ކުރާ އުޅަނދުތައް ނައްތާލަނީ އެ އުޅަނދުތަކާ ހަވާލުވުމަށް މުހުލަތެއް ދިނުމަށްފަހު ނުގެންދިއުމުންނެވެ.




