ފީނަން ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ADS BY OOREDOO
ގެއްލިގެން ހޯދަނީ ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިޔެކެވެ.
ފަތުރުވެރިޔާ ގެއްލުނީ މިއަދު ހެނދުނު ކ. މާފުށީ ކައިރީގައި އޮންނަ ކަނޑޫމާ ތިލަ ކައިރީގައި ފީނަމުން ދަނިކޮށެވެ.
ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ސިފައިންގެ ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ފީނަނިކޮށް ފަތުރުވެރިންނަށް ސިއްހީ އެކި މައްސަލަތައް ދިމާވުމާއި އަދި ބައެއް ފަހަރު މީހުން މަރުވުމަކީ ހިނގަމުންދާ ހާދިސާތަކެކެވެ.




