މިދިޔަ މަހު 141،000 އަށްވުރެ ގިނަ ފަތުރުވެރިން

ރާއްޖެއަށް މިދިޔަ ޖޫން މަހު 141،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 141،772 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ ޒިޔާރަތްކުރި 123،284 ފަތުރުވެރިންނަށްވުރެ 15 ޕަސެންޓް އިތުރު އަދަދެކެވެ.

މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 141،162 ފަތުރުވެރިން
ރަޝިއާ – 126،780 ފަތުރުވެރިން
އިނގިރޭސިވިލާތް – 108،371 ފަތުރުވެރިން
އިޓަލީ – 86،891 ފަތުރުވެރިން
ޖަރުމަނު – 82،188 ފަތުރުވެރިން
އިންޑިއާ – 66،501 ފަތުރުވެރިން
ފްރާންސް – 35،511 ފަތުރުވެރިން
އެމެރިކާ – 34،800 ފަތުރުވެރިން
ސްވިޓްޒަލޭންޑް – 22،929 ފަތުރުވެރިން
އޮސްޓްރޭލިއާ – 20،788 ފަތުރުވެރިން
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 801،764 ފަތުރުވެރިން — 72.4 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

ގެސްޓްހައުސްތަކުގައި 249،788 ފަތުރުވެރިން — 22.5 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 30،777 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 24،975 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 827 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 858 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *