މޭ މަހުގެ އިންފްލޭޝަން މައްޗަށް

ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް މިދިޔަ މޭ މަހު މައްޗަށް ގޮސްފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު ފާއިތުވި މޭ މަހު އަގުތައް ވަނީ 4.55 ޕަސެންޓް އުފުލިފަ އެވެ.

މުދަލާއި ހިދުމަތުގެ އަގުތައް މި އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު މޭ މަހު ވަނީ 0.48 ޕަސެންޓް މަތިވެފަ އެވެ.

އަގުތައް ބޮޑުވި މުދަލާއި ހިދުމަތްތައް
ކަރަންޓް – 12.99 ޕަސެންޓް
މޭވާ – 0.58 ޕަސެންޓް
ކަނޑުމަސް – 0.38 ޕަސެންޓް
ސައިކަލު – 0.28 ޕަސެންޓް
ކިރާއި ޑެއިރީ އުފެއްދުން އަދި ބިސް – 0.22 ޕަސެންޓް
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކުރި ގޮތުގައި މޭ މަހު ތަރުކާރީގެ އަގުތައް 1.56 ޕަސެންޓް ދަށަށް ދިޔަ އެވެ.

މޯބައިލް މުވާސަލާތީ ހިދުމަތްތަކުގެ އަގުތައް 0.34 ޕަސެންޓް ދަށަށް ދިޔައިރު އެއްގަމު މަހުގެ އަގު 0.56 ޕަސެންޓް އަދި ވޯޓާ ސަޕްލައިގެ އަގު 0.28 ޕަސެންޓް ދަށަށް ދިޔަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *