އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދެނީ

ލ. ގަމުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވުމާ ގުޅިގެން ފަރުވާ ދޭން ފަށައިފި އެވެ.

މި އެކްސިޑެންޓް ހިނގީ ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް މަގުގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހިގެންނެވެ.

މިއަދު ހެނދުނު 9:00 ހާއިރު ހިނގި މި އެކްސިޑެންޓްގައި އެ ވަގުތު ސައިކަލްގައި ތިބި ދެ އަންހެނުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

ހޮސްޕިޓަލްގައި ދެ މީހުންނަށް ފަރުވާ ދިން ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.

ރާއްޖޭގެ ބިން ބޮޑެތި އަދި އާބާދީ ބޮޑެތި ރަށްތަކުގެ މަގުތައް ތާރުއަޅައިގެން ހަދަން ފެށި ފަހުން އެފަދަ ރަށްތަކުގައި ހިނގަމުންދާ އެކްސިޑެންޓްތައް ދަނީ އިތުރުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *