ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް "ޓޫ އޮފް އަސް"

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ފުރަތަމަ ލޯކަލް އެމްބެސެޑަރުގެ ގޮތުގައި ރާއްޖޭގައި ކުއްލިއަކަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައުވާ މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" ހަމަޖައްސައިފި އެވެ.

ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް ޓޫ އޮފް އަސް ހަމަޖައްސާފައިވާކަން ހާމަކޮށް އެމްއެމްޕީއާރްސީ އިން ވަނީ އެ ބޭންޑަށް މަރުހަބާ ކިޔާފަ އެވެ.

ޓޫ އޮފް އަސް ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެން ދިޔައީ އިންޑިއާގައި ދާދި ފަހުން ނިންމާލި "ބެޓްލް އޮފް ބޭންޑް އިންޓަނޭޝަނަލް"ގެ ތިންވަނަ ހޯދުމާ ގުޅިގެންނެވެ.

ޓޫ އޮފް އަސް މިހާރު ތައްޔާރުވަމުން ދަނީ އިނގިރޭސިވިލާތުގެ ބްރިޓަންސް ގޮޓް ޓެލެންޓް (ބީޖީޓީ)ގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާތީ އެ މުބާރާތަށް ތައްޔާރުވުމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމެއް ފަށައި އެކަމަށް ކުރިމަތިލުމަށްވެސް އެމްއެމްޕީއާރްސީ އިން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *