މޮރޮކޯގައި ކިޔަވަން ބޭނުންވާ ދިވެހިންނަށް 20 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ސްކޮލާޝިޕަށް ހޮވޭ ކުދިންގެ ސްކޮލާޝިޕްގެ ހުރިހާ ހަރަދެއް ކުރާނީ މޮރޮކޯ ސަރުކާރުންނެވެ.
މޮރޮކޯ އިން ދީފައިވާ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ބެޗްލާސް ޑިގްރީއަށް ހަތް ފުރުސަތާއި، މާސްޓާސް ޑިގްރީއަށް އަށް ފުރުސަތާއި އަދި ޕީއެޗްޑީއަށް ފަސް ފުރުސަތު ހިމެނެ އެވެ.
ސްކޮލަޝިޕަށް ހޮވޭ ކުދިންނަށް އެ ކުދިން ބޭނުންވާ ދާއިރާ އަކުން ކިޔެވުމުގެ ފުރުސަތު އޮތީ ހުޅުވާލާފަ އެވެ.
ސްކޮލާޝިޕަށް ކުރިމަތިލެވޭނީ މިދިޔަ އަހަރު އޯ ލެވެލް ނިމިފައިވާ ދަރިވަރުންނަށެވެ.
ހަޔަ އެޑިޔުކޭޝަން މިނިސްޓްރީގެ ފޯޓަލް "މައި އެޑިޔުކޭޝަން" މެދިވެރިކޮށް މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ސްކޮލާޝިޕަށް ކުރިމަތިލެވޭނެ އެވެ.




