ފެނަކައިގެ ޗެއާމަނަކަށް ޝާމް

ފެނަކައިގެ ޗެއާމަންގެ މަގާމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް މިއަދު އައްޔަންކޮށްފި އެވެ.

ފެނަކައިގެ ޗެއާމަން ކަމުގައި ޝާމްގެ ކުރިން ހުންނެވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އެވެ.

ފެނަކައިގެ ޗެއާމަންގެ މަގާމަށް ޝާމް އައްޔަންކޮށްފައިވާ ކަމަށް ޕްރައިޕްރައިވެޓައިޒޭޝަން ބޯޑުންވެސް ވަނީ އިއުލާންކޮށްފަ އެވެ.

ޝާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 އިން 2018 އަށް ފެނަކައިގެ ބޯޑު މެންބަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދަރަނި އެންމެ ބޮޑު އެއް ކުންފުންޏަކީ ފެނަކަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *