ތިނަދޫގައި އެކްސިޑެންޓްވި މީހާ މަރުވެއްޖެ

ގދ. ތިނަދޫގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.

އެކްސިޑެންޓާ ގުޅިގެން މަރުވީ ސައިކަލު ދުއްވަން އިން އުމުރުން 31 އަހަރުގެ އަންހެން މީހާ އެވެ. އޭނާ ނިޔާވިއިރު ނުވަ އަހަރުގެ ފިރިހެން ކުއްޖަކު އެބަހުއްޓެވެ.

މި އެކްސިޑެންޓް ހިނގީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރީގައެވެ.

އަންހެން މީހާ މަރުވީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މާލެ ގެނެސް އައިޖީއެމްއެޗްގައި ސިކުނޑީގެ އޮޕަރޭޝަނެއް ކުރި ފަހުންނެވެ.

މި އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާއާ ސުވާލުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *