ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،412 މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް 14،412 މީހުން ރަޖިސްޓްރީ ވެއްޖެ އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު މީހުން ރަޖިސްޓްރީކޮށްފައިވަނީ 8 ގިންތި އަކަށެވެ. އެންމެ ގިނަ މީހުން ހިމެނޭ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި ގިންތި 4،117 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އެއީ 1،818 އަންހެނުންނާއި 2،299 ފިރިހެނުންނެވެ.

މަލްޓިޕަލް ޑިސްއެބްލިޓީ ހުންނަ މީހުންގެ ގޮތުގައި 3،224 މީހުން ރަޖިސްޓްރީކޮށްފައިވާއިރު އެއީ 1،134 އަންހެނުންނާއި 2،090 ފިރިހެހުންނެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރެގެން 1،889 މީހުން ރަޖިސްޓްރީކޮށްފައިވާއިރު އެއީ 819 އަންހެނުންނާއި 1،070 ފިރިހެނުންނެވެ.

ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 1،793 މީހުން ރަޖިސްޓްރީކޮށްފައިވާއިރު އެއީ 722 އަންހެނުންނާއި 1،071 ފިރިހެނުންނެވެ. އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 1،745 މީހަކު ރަޖިސްޓަރީކޮށްފައިވާއިރު އެއީ 922 އަންހެނުންނާއި 823 ފިރިހެނުންނެވެ. ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 1،003 މީހުން ރަޖިސްޓްރީކޮށްފައިވާއިރު އެއީ 471 އަންހެނުންނާއި 532 ފިރިހެނުންނެވެ.

އޯޓިޒަމް ކުދިންގެ ގޮތުގައި 586 ކުއްޖަކު ރަޖިސްޓްރީ ކޮށްފައިވާއިރު އެއީ 123 އަންހެން ކުދިންނާއި 463 ފިރިހެން ކުދިންނެވެ. އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ގޮތުގައި 55 ކުއްޖަކު ރަޖިސްޓްރީކޮށްފައިވާއިރު އެއީ 19 އަންހެން ކުދިންނާއި 36 ފިރިހެން ކުދިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *