މާލެ ސަރަހައްދުގެ ޕްރީ ސްކޫލާއި ގްރޭޑް އެކަކަށް ކުދިން ވައްދަން ހުޅުވާލައިފި

ކުރިއަށް އޮތް ދިރާސީ އަހަރު މާލެ ސަރަހައްދުގެ ޕްރީ ސްކޫލާއި ގްރޭޑް އެކަކަށް ކުދިން ވައްދަން ފުރުސަތު ހުޅުވާލައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެލްކޭޖީ އާއި ޔޫކޭޖީ އަދި ގްރޭޑް އެކަކަށް ކުދިން ވެއްދުމުގެ ފުރުސަތު ކުރިއަށް އޮތް އޮގަސްޓް މަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިހާރު އަމަލުކުރާ އުސޫލުގައިވާ ގޮތުންނަމަ ގްރޭޑް އެކަކަށް ވައްދާނީ ޑިސެމްބަރު 31ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ޓާމު ޗުއްޓީ ނިންމާލުމަށްފަހު ދަރިވަރުން ޗުއްޓީއަށް ދާނީ މި މަހު 24 ގައެވެ. ދެވަނަ ޓާމުގެ ކިޔެވުން އޮގަސްޓު 10 ގައި ފެށުމަށްފަހު މިއަހަރުގެ ދިރާސީ އަހަރު ނިންމާލާނީ ޑިސެމްބަރު 28 ގައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރިން އިއުލާންކޮށްފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ އަންނަ އަހަރު ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެންމެ ފަހު ހަފްތާގެ ތެރޭގައެވެ.

ރާއްޖޭގެ ދިރާސީ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާ ގޮތަށް ބަދަލުކުރީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *