ބަންޑުން ޖަހާލި ޑިންގީއަކުން ދެ މީހުން ސަލާމަތްކޮށްފި

ގދ. މަޑަވެއްޔާ ދިމާލު ބޭރުން ބަންޑުން ޖަހާލި ޑިންގީއަކުން ދަތުރުކުރި ދެ މީހަކު ސަލާމަތްކޮށްފި އެވެ.

މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 8:39 ހާއިރު ރިޕޯޓްކޮށްފައިވަނީ ޑިންގީއެއް އޮޔާދާ ކަމަށް ބުނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މިރިޕޯޓާ ގުޅިގެން ފުލުހުންނާއި ސިފައިންގެ ސާޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، ސިފައިންނަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނި އަނބުރާ މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

އޮޔާދާ ކަމަށް ރިޕޯޓްކުރެވުނު ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު ހެނދުނު 11:04 ހާއިރު ފުލުހުންގެ ސާޗް ޓީމަށް ވަނީ ފެނިފަ އެވެ.

އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ޑިންގީ މަތީގައި ސަލާމަތުން ތިބި ކަމަށާއި އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. އެއީ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *