މިފްކޯގެ މަސް ފިހާރައެއް މާލޭގެ ނޯތު ހާބަރުގައި ހުޅުވައިފި އެވެ.
މިއީ މާލޭގައި މިފްކޯ އިން ހުޅުވި އެ ކުންފުނީގެ ހަތަރުވަނަ މަސް ފިހާރަ އެވެ.
މިފްކޯގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ މަސްފިހާރައެއް ނޯތު ހާބަރުގައި ހުޅުވީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވީހާވެސް ފަސޭހަ ގޮތަކަށް ހިދުމަތް ދޭން ބޭނުންވާތީ ކަމަށެވެ.
"އަތޮޅު ތެރެއިން އަންނަ ގިނަ އުޅަނދުތައް މިއަންނަނީ މިސަރަހައްދަށް. އެހެންވެ ސީދާ މިތަނުން ވިޔަފާރިކޮށްލެވޭނެ ގޮތް ވުމަކީ ފަސޭހައަކަށް ވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފްކޯގެ މަސް ފިހާރަތަކުން އާންމުކޮށް ލިބޭ ހުރިހާ ބާވަތްތަކެއް ނޯތު ހާބަރު ފިހާރަ އިންވެސް ލިބޭނެ ކަމަށެވެ.
ނޯތް ހާބަރުގައި ހުޅުވި މިފްކޯގެ މަސްފިހާރަ ހުޅުވާފައި ހުންނާނީ ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށެވެ.




