މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް، އަބްދުއްރަހީމް ވިދާޅުވީ މި ދައުރުގައި މަޖިލީހުން ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މި ދައުރު އިތުރުކުރަން ގަސްތު ކުރައްވާ ކަމަށެވެ.

މަޖިލީހުގެ މި ދައުރު އިތުރުކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *