އަރަބިއްޔާ ސްކޫލުގެ މަސައްކަތް މި އަހަރު ނިމޭނެ: ޝަފީއު

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އެ ސްކޫލުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޒިޔާރަތަށްފަހު މިނިސްޓަރު ޝަފީއު ވިދާޅުވީ މުޅި އިމާރާތުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރެއަށް ނިންމައި އަންނަ ދިރާސީ އަހަރުގައި އެ ސްކޫލުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށީ ނޮވެމްބަރު 17، 2024 ގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނި ގޮތުގައި މި ސްކޫލުގައި 40 ކްލާސްރޫމާއި، ބޭސްމެންޓްގައި އަންޑަ ގްރައުންޑް ޕާކިންގް ޒޯނެއް ހިމެނެ އެވެ.

މީގެ އިތުރުން މި ސްކޫލު ޢިމާރާތްކުރަނީ ޒަމާނީކޮށް، އޭސީ އަދި ސޯލާ ޕެނަލް ހަރުކުރެވޭނެ ގޮތަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ. މި މަޝްރޫއު ހަވާލުކުރީ 152.9 މިލިއަން ރުފިޔާ އަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *