އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް

ތެލާއި އަސާސީ ކަންކަމަށް ކުރަންޖެހޭ ހޭދަތައް ހަމަޖެއްސުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ކުއްލި އެހީގެ ލޯނެއް ހަމަޖައްސައިފި އެވެ.

އޭޑީބީ އިން ބުނި ގޮތުގައި މިއީ ކަރަންޓާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމުގެ އިތުރުން ކާބޯތަކެއްޗާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް އުފުލުމަށާއި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކަށް ދިން ލޯނެކެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާއިރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވާކަން އޭޑީބީ އިން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖެއަކީ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއްކަން ފާހަގަކޮށް އޭޑީބީ އިން ބުނީ ކަރަންޓާއި ބޯފެނުގެ 94 ޕަސެންޓް އުފައްދަނީ އިމްޕޯޓްކުރާ ތެލުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *