ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު — ބެޑްނައިޓްސް މި އަހަރުގެ ޖޫން މަހު އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ޖުލައި މަހުގެ އިކޮނޮމިކް އަޕްޑޭޓަށް ބަލާއިރު ޖޫން މަހު ރާއްޖެއަށް 141،772 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 15 ޕަސެންޓް އިތުރު އަދަދެކެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި ޖޫން މަހު ޓޫރިޒަމްގެ ޖުމްލަ ބެޑްނައިޓްސް ވަނީ 13 ޕަސެންޓް އިތުރުވެފަ އެވެ.
އެ ގޮތުން ރިސޯޓުތަކުގެ ބެޑްނައިޓްސް 10 ޕަސެންޓް އަދި ގެސްޓްހައުސްތަކުގެ ބެޑްނައިޓްސް ވަނީ 24 ޕަސެންޓް އިތުރުވެފަ އެވެ.
އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު ޓޫރިޒަމަށް 2،674 އެނދު އިތުރުވެފައިވާ ކަމަށާއި އޮކިއުޕޭޝަން ރޭޓް 43 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.




