ސިފްކޯ ފްލެޓަކުން ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި

ސިފައިން ދިރިއުޅޭ ސިފްކޯ ފްލެޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން މީހަކު ހައްޔަރުކޮށްފި އެވެ.

އެ ތަނުން ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނެކެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުންގެ ބަންދުގައި ހުރި މީހާގެ މައްޗަށް މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުކޮށް ފުލުހުން ވަނީ ކޯޓަށް ހެކި ހުށަހަޅާފަ އެވެ.

ސިފްކޯ ފްލެޓްގެ އިތުރުން މި މީހާ ގުޅުންހުރި އިތުރު ތަނަކުންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ސިފްކޯ ފްލެޓުން ފެނުނު މަސްތުވާތަކެއްޗާ އޭނާ ހަވާލުވެ ކުށަށް ވަނީ އިއުތިރާފް ވެފަ އެވެ. އެކަމަކު ދެވަނަ ތަނުން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *