އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި އޭދަފުށީގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި

އިމިގްރޭޝަންގެ އޮފީހެއް ބ. އޭދަފުށީގައި ހުޅުވައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި އެވެ.

އޭދަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އިމިގްރޭޝަންގެ އޮފީސް ހުޅުވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އޭދަފުށީގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައި ދެއްވާ ފުރަތަމަ ޕާސްޕޯޓް ދޫކޮށް ދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ.

މި ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަހުމަދު ފަސީހްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އޭދަފުށީގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށާފައިވާއިރު މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހުރިހާ އަތޮޅެއްގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފެށުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *