ސްޓެލްކޯގެ މުވައްޒަފުން ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރި ކުރުމުގެ ވޯކްޝޮޕެއް

ސްޓެލްކޯގެ މުވައްޒަފުންގެ މެދުގައި ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި އެވެ.

ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބްލިސް މޯލްޑިވްސްއާ ގުޅިގެންނެވެ.

މި ވޯކްޝޮޕްގައި ސްޓެލްކޯގެ 25 މުވައްޒަފުން ބައިވެރިވި އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސްޓްރެސް މެނޭޖްކުރުމުގެ މުހިންމުކަމާއި އޭގެ ސަބަބުން އުފެއްދުންތެރިކަމާއި ދުޅަހެޔޮކަން އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.

މީގެ އިތުރުން، ސްޓްރެސްގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އޭގެ ސަބަބުން އުފެއްދުންތެރިކަމާއި ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާ ގޮތާއި މެދު ހޭލުންތެރިކޮށް ސްޓްރެސް މެނޭޖްކުރުމަށް ބޭނުންކުރެވިދާނެ އެކި އިސްތިރާޖުތައް ވޯކްޝޮޕްގެ ބައިވެރިނަށް ދަސްކޮށްދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *