ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1،517،249 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 1،574،478 ފަތުރުވެރިންނަށްވުރެ 3.6 ޕަސެންޓް ދަށް އަދަދެކެވެ.

ޓޫރިޒަމްގެ ގަދަ 10 ގައުމު

  • ޗައިނާ – 279,410 ފަތުރުވެރިން
  • ރަޝިއާ – 218,445 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 114,986 ފަތުރުވެރިން
  • އިޓަލީ – 95,297 ފަތުރުވެރިން
  • ޖަރުމަނު – 92,684 ފަތުރުވެރިން
  • އިންޑިއާ – 85,818ފަތުރުވެރިން
  • ފްރާންސް – 36,001 ފަތުރުވެރިން
  • އެމެރިކާ – 35,659 ފަތުރުވެރިން
  • އޮސްޓްރޭލިއާ – 34,280 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް – 29,893 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 1,484,424 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުން 5،259 ފަތުރުވެރިން ޒިޔާރަތްކުރިއިރު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 4،806 ފަތުރުވެރިން އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން 3،180 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މީގެ އިތުރުން ދާލު އެއާޕޯޓުން 2،792 ފަތުރުވެރިން އަދި ވިލާ އިންޓަނޭޝަނަލް އެއާޕޯޓުން 1،206 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ކަނޑުމަގުން 15،583 ފަތުރުވެރިން މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *